English Edition
Dhivehi Edition

ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް އިތުުރު 3 މީހަކު ފައްސިވެފައިވާ ކަމަށް ފުވައްމުލައް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން ހާމަކުރި ގޮތުގައި އިއްޔެ އިރުއޮއްސި 18:00 އިން މިރޭގެ 18:00 އަށް ފައްސިވެފައިވާ 3 މީހުންގެ ތެރެއިން 2 މީހުންނަކީ މިހާރުވެސް އެ ރަށުން ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަކުރެވިފައިވާ 2 މީހުން ކަމަށެވެ. މީގެ އިތުރުން ފައްސިވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ފްލޫ ކުލިނިކަށް ދައްކައި ޓެސްޓު ކުރެވުނު 12 އަހަރުގެ ކުއްޖެއް ކަމަށެވެ.

ފުވައްމުލަކުގައި މިއަދު ބައްޔަށް ޓެސްޓު ކުރުމަށް 91 ސާމްޕަލެއް ވަނީ ނަގައިފައެވެ. އެގޮތުން ނަގައިފައިވަނީ ފުވައްމުލަކުން އެހެން ރަށްރަށަށް ދަތުރު ކުރުމުގެ ކުރިން ނަގައިފައިވާ 17 ސާމްޕަލަކާއި، ފްލޫ ކުލިނިކަށް ދައްކައިގެން ޓެސްޓު ކުރެވުނު 3 މީހަކާއި ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަކުރެވިފައިވާ 70 މީހެއްގެ އިތުރުން ހޯމް ކަރަންޓީނު ނިންމާލި 1 މީހެއްގެ ސާމްޕަލެވެ. މިހާތަނަށް ނަތީޖާ ނުލިބި 144 ސާމްޕަލެއްވާ ކަމަށްވެސް އެ ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކުން މިހާތަނަށް ޖުމްލަ 36 މީހަކު ފައްސިވެފައިވާއިރު ބަލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރުވެސް 28 މީހަކު އެބަތިއްބެވެ.