English Edition
Dhivehi Edition

ގދ. ގައްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ގދ. ގައްދޫ އަށް އިއްޔެ އައި ފިރިހެން މީހެއް ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމާއި ގުޅިގެން މިއަދު ހެނދުނު ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަން ގދ. ގައްދޫ ސިއްޙީ މަރުކަޒުގެ މީޑިއާ ކޯޑިނޭޓަރ އާމިނަތު ރަޝީދާ ވަނީ އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

މި މީހާ ހޯމް ކަރަންޓީނުގައި ހުރީ އެކަނި ކަމަށާއި މިވަގުތު މި މީހާގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް އަދި ކޮންޓެކްޓް ވެފައިވަނީ ކިތައް މީހުންކަން ބުނަން ނޭނގޭ ކަމަށް ރަޝީދާ މަޢުލޫމާތު ދިނެވެ.

މިއީ ގދ. ގައްދޫ އިން މި އަހަރު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއެވެ.