English Edition
Dhivehi Edition

އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެ ބިން ބޮޑުކޮށް ދިނުމަށް އެދުމާއި ގުޅިގެން 15،000 އަކަފޫޓުގެ ބިން 30،000 އަކަފޫޓުގެ ބިމަކަށް ބަދަލުކޮށްދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ،

މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫ މީދޫ އިންޖީނުގެ އެޅުމަށް މީދޫ އަވަށުގެ ވެމްކޯ ސައިޓްގެ އުތުރުން 60،000 އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހުޅުދޫ މީދޫގައި އެންޓަރޓެއިންމަންޓް ސެންޓަރެއް އެޅުމަށް ހުޅުދޫ އަވަށުގެ ޒުވާނުންގެ މަރުކަޒު ސަރަޙައްދުން 10،000 އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށްވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮފައެވެ. ހުޅުދޫ މީދޫގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ހިތަދޫ އަވަށުގެ ޒުވާނުންގެ މަރުކަޒު ސަރަޙައްދުން 10،000 އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށްވެސް ކައުންސިލުންވަނީ ނިންމާފައެވެ.