English Edition
Dhivehi Edition

“އަނގްރޭޒީ މީޑިއަމް” އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރު ރަންވީރް ޝޯރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 48 އަހަރުގެ ރަންވީރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރަމުން އޭނާ ބުނީ މި ވަގުތު އޭނާ ހުރީ ކަރަންޓީންގައިކަމަށެވެ. އޭނާގެ ޓުވިޓާއެކު ގިނަ ބަޔަކު އޭނާއަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

ކާމިޔާބު ރިއަލިޓީ ޝޯ ޖަލަކް ދިކް ލާޖާ(2004) ހުށަހަޅައިދިން ރަންވީރް ޝޯރޭ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި “ޖިސްމު” އާއި “ލޫޓްކޭސް” އާއި “އޭކް ތަ ޓައިގާ” އާއި “ހެޕީ އެންޑިން” ހިމެނެއެވެ.