English Edition
Dhivehi Edition

ކޮވިޑް-19 އަށް ފުވައްމުލައް ސިޓީން އިއްޔެ 18:00 އިން މިއަދުގެ 18:00 އަށް 2 މީހަކު ފައްސިވެފައިވާ ކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

މިއާއި އެކު ފުވައްމުލަކުން ފައްސިވި މީހުންގެ އަދަދު މިވަނީ 31 އަށް އަރައިފައެވެ. މިހާތަނަށް ފުވައްމުލަކުން 5 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 26 މީހަކު އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެވެ.

ފުވައްމުލަކުގައި މިހާރު ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅައިފައިވާއިރު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 08:00 އިން ފަތިހު 4:00 އަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ނިންމެވުމާއި އެކު އެ ސިޓީގައި އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ޖަމާއަތުގައި ނަމާދުކުރުން މިވަގުތު ވަނީ އެރަށުގައި ހުއްޓާލައިފައެވެ.