English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ކޯވިޑް-19އާއި ގުޅިގެން އައްޑޫސިޓީގައި އިޢުލާންކޮށްފައިވާ ކާފިއު ގެ މުއްދަތު 1 ހަފްތާގެ މުއްދަތަށް އިތުރުކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު އެ ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

އައްޑޫން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފެބްރުއަރީ 9 އަކުން ފެށިގެން އެއް ހަފުތާއަށް ކާފިއު ހިންގަން މީގެ ކުރިން ވަނީ ނިންމާފައެވެ. އައްޑޫގައި ކާފިއު ހިންގާ ވަގުތަކީ ރޭގަނޑު 8:00 އިން ފަތިހު 4:00އަށް ކަމަށް ވެފައި މި ވަގުތުގެ ތެރޭ މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.

އައްޑޫގައި ކާފިއު ހިންގާފައިވާ މި ދަނޑިވަޅު އައްޑޫ ސިޓީގައި ޢާއްމުކޮށް ދެމުން އަންނަ ގިނަ ޚިދުމަތް ތަކެއް މިވަގުތަށް ވަނީ މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި

* ސްކޫލް/ކޮލެޖް/ޔުނިވަސިޓީތައް ބަންދުކުރުން

* މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން

* ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުން

* ގާޑިޔާ ވިޔަފާރިތައް މެދުކަނޑާލުން

* ޖިމް/ސެލޫންތައް ބަންދުކުރުން

* ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށް/ކުޅިވަރު ހަރަކާތްތައް ހުއްޓާލުން

* އާންމު މައިދާންތަކާއި ޕާކްތަކަށް ދިއުން މަނާކުރުން

* އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްނުވުން

* ފެރީ އާއި ޓެކްސީގެ ހިދުމަތްތައް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ދިނުން އަދި

* އެއް ގެއިން އަނެއް ގެއަށް ނުދިއުން ހިމެނެއެވެ.