English Edition
Dhivehi Edition

ސްނޭކް ޕްލާންޓް އަކީ ގޭތެރޭގައި ގެންގުޅޭ ގަސްތަކުގެ ތެރެއިން އެންމެ ފަސޭހައިން ހެދޭ، އަދި ގޭތެރޭގެ ވައި ސާފުކޮށްދޭ ގަހެއް ކަމަށް ނާސާއިން ފާސް ކޮށްފައިވާ ގަހެކެވެ. ސްނޭކް ޕްލާންޓްގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ފެންނަ ފެނުމަށް މި ގަހަކީ އެހެން ގަސްގަހާ ތަފާތު ގަހެކެވެ. ފަތްތައް ހުންނަނީ ބިމުން ފަޅާފަ އެވެ. މި ގަހަކީ ގެންގުޅެން ފަސޭހަ އަދި މަޑު އަލީގަވެސް، ގަދަ އަލީގަވެސް ހެދޭ ގަހެކެވެ. އަދި ފާހާނާތެރޭ އުފެދޭ ވިހަ މާއްދާތައް ނައްތާލާ ގަހަކެވެ.

Image result for snake plant in toilet

Advt

Advertisement

ގަހަށް ފެން ދިނުން: މި ގަހަށް ފެން ދޭންޖެހޭނީ ވެލިގަނޑު އެއްކޮށް ހިކުމުންނެވެ. ނުވަތަ ކޮންމެ ފަނަރަ ދުވަހަކުން އެއްދުވަހު ފެންދިނަސް ރަނގަޅުވާނެއެވެ. މި ގަހަށް ފެންދޭ އިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއްކަމަކީ ސީދާ ގަހުގެ ފަތްތަކަށް ފެން އެޅުމުގެ ބަދަލުގައި ހަމައެކަނި ވެލިގަނޑަށް ފެންއެޅުމެވެ، އެކަށީގެންވާވަރަށް ވުރެ ގިނައިން ފެން ދޭނަމަ ފަތުގެ ވަށައިގެން ހުންނަ ރީނދޫ ބައި ފަހަރެއްގައި ފަސޭހައިން ހިކިދާނެ އެވެ.

ފިނިތަނެއްގައި ގަސް ނުބެހެއްޓުން: މިގަހަކީ ހޫނު ތަންތަނުގައި ރީއްޗަށް ހެދި އަވަހަށް ބޮޑުވާ ގަހެކެވެ. އެހެންކަމުން އޭސީ ކޮޓަރި، ސިޓިންރޫމްގައި ގަސް ބަހައްޓާފައި ހުންނަނަމަ ހެދި ބޮޑުވުން ލަސްވެ، ގަހުގެ ކުލަ ފަނޑުވުން އެކަށީގެންވެއެވެ. އެހެންނަމަވެސް އޭސީ ކޮޓަރި/ސިޓިންރޫމްގައި ވެސް މިގަސް މަރުނުވެ ހުންނާނެއެވެ.

Image result for snake plant in bedroom

ވެލިގަނޑު: މި ގަހަށް އެންމެ ރަނގަޅީ ފެން ހަރުނުލާ، ދޫ ވެލިގަނޑެކެވެ. މާގިނައިން ބޮނބިކުނޑި އެކުލެވޭނަމަ މާގިނައިރު ފެން ހަރުލާފައި ހުރެދާނެއެވެ. މި ގަހުގެ ވެލިގަނޑު ކޮންމެ 8-10 މަހުން ބަދަލުކުރިއަސް ރަގަޅުވާނެއެވެ.

އިރުގެ އަލި: މި ގަހަކީ އިރުގެ ސީދާ އަލި މާ ބޮޑަށް ބޭނުންވާ ގަހެއް ނޫނެވެ. މި ގަސް އެންމެ ރީތިކޮށް ހެއްދޭނީ ކޮންމެވެސް ވަރަކަށް އިރުގެ ނުސީދާ އަލިކަން ލިބޭ ތަނެއްގައެވެ.