English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން 43,000 އަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 5,204 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަމާލެ ސަރަޙައްދުން ވެކްސިން ޖެހި 3,967 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 1,237 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 43,817 އަށް އަރައިފައެވެ. އެއީ ފުރަމާލެ ސަރަޙައްދުން 35,289 މީހުންނާއި އަތޮޅުތެރެއިން 8,429 މީހުންނެވެ.

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް 17،953 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 15,560 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 190 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ބަލީގައި ރާއްޖެއިން 58 މީހަކު ވަނީ ނިޔާވެފައެވެ.