English Edition
Dhivehi Edition

ޗެމްޕިއަންސް ލީގު ގްރޫޕު ސްޓޭޖުގައި ސައިޕްރަސްގެ އަޕޮއެލް އާއި އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް ބައްދަލު ކުރި މެޗު ރިއަލްމެޑްރިޑް އިން ކާމިޔާބު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕު ސްޓޭޖުގައި ރޭ މި ދެ ޓީމް ބައްދަލު ކުރި މެޗު ރިއަލްމެޑްރިޑްއިން ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިދިޔަ ސީޒަންގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ރިއަލްމެޑްރިޑްއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމު 4 ފަހަރު ހޯދާފައިވާ ރޮނާލްޑޯ މެޗުގެ 11 ވަނަ މިނެޓުގައި ރޮނާލްޑޯގެ ގޯލުން ރިއަލް ކުރި ހޯދާފައިވާއިރު ރިއަލްމެޑްރިޑްގެ ދެ ވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށް ދީފައިވަނީ ވެސް ރޮނާލްޑޯއެވެ. މެޑްރިޑުގެ ތިން ވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ޕެނެލްޓީއާއި އެކު ރޮނާލްޑޯ ވެފައިވަނީ މުބާރާތުގައި ޕެނަލްޓީތަކުން އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ޕެނަލްޓީތަކުން ރޮނާލްޑޯ މިހާތަނަށް 12 ގޯލު ޖަހާދީފައިވާއިރު ރޮނާލްޑޯ އާއި ވާދަވެރި މެސީއަށް ޖެހިފައިވަނީ 11 ގޯލެވެ.

މި މޮޅާއެކު ރިއާލް މެޑްރިޑުން ތާވަލުގެ އެއްވަނާގައި އޮތް އިރު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އޮތީ ރޭ ޑޯޓްމަންޑުގެ އަތުން މޮޅުވެ ޓޮޓެންހަމެވެ.