English Edition
Dhivehi Edition

ފުވައްމުލަކުގެ ރައްޔިތުންނަކީ އެންމެ އިހު ޒަމާނުއްސުރެ މޫދާއި ނުހަނު ރަހުމަތްތެރި ބައެކެވެ. ތަފާތު އެކި ހިޔާލުތައް މޫދާއި ގުޅިފައިވާ ރައްޔިތެއް ފުވައްމުލަކުގައި ދިރިއުޅޭއިރު ފުވައްމުލަކުގެ ޒުވާނުންނަކީ ހާއްސަކޮށް މޫދު ކުޅިވަރު ތަކުގައި ފާހަގަކޮށްލެވޭ ބައެކެވެ.

ލޯކަލް ޓުއަރިޒަމް އާއި އެކު ފުވައްމުލައް ޑައިވް ޑެސްޓިނޭޝަނެއްގެ ނަމުގައި މަޝްހޫރުވެ ގިނަ ޑައިވަރުން ތަކެއްގެ ހުވަފެނީ މަންޒިލަކަށް ފުވައްމުލައް ވެފައިވާއިރު އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑައިވަރުން ތަމްރީނުކުރުމާއި މޫދުގައި ކުރަންޖެހޭ އެ ނޫން ގިނަ ކަންތައް ކުރުމަށް ރަށުގެ ވަށައިގެންވާ މޫދަކީ އެންމެ އެކަށޭނެ ތަނަށް ނުވުމެވެ.

ޑައިވިންގ ކްލަބް އޮލިގެ ސްވިމިންގ ޕޫލް އަކީ ރާއްޖޭގެ ބައެއް ރިސޯޓު ތަކުގައި ޑައިވް ކްލަބް ހިންގަމުން އަންނަ އެކްސްޓްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޑަކްޓެއްގެ ގޮތުގައި ފުވައްމުލަކުގައި ޤާއިމުކުރެވޭ ތަނެކެވެ. މިތަން ހިންގާނީ އޮލިގެ ޕްރައިވެޓް ލިމިޓެޑް (ފުވައްމުލައް) އިންނެވެ.

“ޕަބްލިކް ޕޫލެއް އެޅުމުގެ ކޮންސެޕްޓެއް ސަރުކާރާވެސް ހިއްސާކޮށްފައިވާނީ، އެކަން ހަގީގަތަކަށް ނުވުމުން ކޮމާޝަލް އިންވެސްޓްމެންޓެއްގެ ގޮތުގައި ޕޫލެއް ހަދަން ނިންމީ”

ފާޝިލް އަބްދުﷲ – މެނޭޖިންގް ޑިރެކްޓަރ (އެކްސްޓްރީމް މޯލްޑިވެސް)

ފާޝިލް ފާހަގަ ކުރެއްވި ގޮތުގައި ޑައިވިންގް ޕޫލެއް ހެދުމުގެ ހުވަފެން ދެކެމުން އަންނަތާ 8 ވަރަކަށް އަހަރު ވެފައިވާ އިރު ފުވައްމުލަކުގައި މިކަންތައް ތަޢާރަފުކުރުމުގެ މަޤްޞަދަކީ އެ ސިޓީއަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ވަކިން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށަކަށްވުމުގެ އިތުރުން ޚާއްޞަ ޑައިވިންގ ސްޕޮޓް ތަކެއް ހިމެނޭ ރަށަކަށްވީނަމަވެސް ޑައިވިންގ ކޯސް ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ މޫދެއް ނެތުމުންނާއި، ފުވައްމުލަކުގެ ލޯކަލް ޓުއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުންނެވެ.

އޮލިގެ ޑައިވް ޕޫލް ޑިޒައިންކޮށް އެ މަސައްކަތްކޮށްފައިވަނީ އެކްސްޓްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ސިލްވަރ ލޭކް ފުވައްމުލަށް ގުޅިގެންނެވެ. މި ޕޫލްގެ ޑިޒައިނަރަކީ ސިލްވަރ ލޭކް މޯލްޑިވްސްގެ އެއް ޕާޓްނަރ އަދި މެރީނާ ބުޓީކްގެ އޯނަރ ޙުސައިން ޢަލި ދީދީއެވެ.

ޕޫލްގެ ދިގުމިނުގައި 10.97 މީޓަރު، ފުޅާމިން 4.87 މީޓަރު، އެންމެ ފުން ހިސާބުގައި 4.6 މީޓަރު އަދި ޝެލޯ އޭރިއާގެ ފުން މިނަކީ 1.2 މީޓަރު

މި ޕޫލަކީ މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރެވުނު އެންމެ ފުން އަދި ފުރަތަމަ ޑައިވް ޕޫލެވެ. އޮލިގެ ޑައިވް ޕޫލުން ހިންގާ ކޯސްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެފް އެޗް އޭ އެމް (FHAM) ސުކޫބާ އިންސްޓިޓިއުޓުންނެވެ. އޮލިގެއިން ޑައިވް އަދި ސްވިމިންގ ކޯސްތައް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާއިރު މި އިންވެސްޓްމަންޓަކީ ފުވައްމުލަކުގެ ތަރައްޤީއަށް އަމިއްލަފަރާތެއްގެ އިސްނެގުމުގެ މަތިން މިހާތަނަށް ކުރެވިގެންދިޔަ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.

މި ސްވިމިންގ ޕޫލް އޮންނާނީ ފުވައްމުލަށް ސިޓީގެ ފުނާޑު އަވަށުގެ އައިކޮން ގޯތިތެރޭގައެވެ. ޕޫލްގެ މަސައްކަތް ނިމި މިހާރު ކުރިޔަށް ގެންދަނީ ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތެވެ.

2 ކޮމެންޓް
Hussain
ފެބުރުއަރީ 16, 2021
Dive training pool eh shangrilla resort ga onnaane.
ާއައުފް ޝާޙް
ފެބުރުއަރީ 16, 2021
އިބްރާހީމް އެއް ކަމަކުދެން ތިކަހަލަ ދޮގު ހަދާކައް ނުވާނެ ދޯ.ރިސޯޓް ތަކުގަ ޱައިވިން ޕޫލް އެއް ނެތް ރިސޯޓްއެއް 1 އަތުގެ އަނގިލިން ގުލާލެވޭހާ މަދުވާނެ މިހާރު. ދެން ރާއްޖޭގެ ފުރަތަމަ ޱައިވިން ޕޫލް އަށްތިވާނީ ކިހިނެއް؟ އެހެންނޫނީ ރިސޯޓުތައް އެއީ ރާއްޖެއިން ބޭރު އުތަ؟ ނޫނީ ފުވައްމުލައް އެކަނިތަ ރާއްޖެ އަކީ؟ .............