English Edition
Dhivehi Edition
ފުވައްމުލައް ސިޓީ - ފޮޓޯ: އޮލިގެ ސްޓޯރ

ކޮވިޑް-19 އަށް ފުވައްމުލަކުން އިއްޔެގެ އިރުއޮއްސި 18:00 އިން މިއަދުގެ 18:00 އާއި ހަމައަށް 5 މީހަކު ފައްސިވެފައިވާ ކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން ހާމަކުރި ގޮތުގައި މިއަދު ފައްސިވެފައިވާ 5 މީހުންނަކީ ވެސް ފުވައްމުލަކުގައި މިހާރުވެސް ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަކުރެވިފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 660 މީހަކު ވަނީ ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ސެންޓަރުން ވަނީ ހާމަކޮށްފައެވެ،

އެ ސިޓީގައި ޖުމްލަ ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު 30 އަށް އަރައިފައިވާއިރު 5 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފުވައްމުލަކުގައި މިހާރު ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅައިފައިވާއިރު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 08:00 އިން ފަތިހު 4:00 އަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ނިންމެވުމާއި އެކު އެ ސިޓީގައި އަންނަނީ ކާފިއު ހިންގަމުންނެވެ.