English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ރީތީގެ ރާނީ ދިއާ މިރުޒާ އާއި ވިޔަފާރިވެރިޔާ ވައިބަވް ރެކީ ކައިވެނިކޮށްފިއެވެ.

ދިއާ އާއި ވައިބަވްގެ ކައިވެނީގެ ރަސްމިއްޔާތުތައް އިއްޔެ ބާއްވާފައިވާއިރު މި ހަފްލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރަހްމަތްތެރިންނެވެ. ދިއާ އާއި ވެއިބަވް ރަށްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވީ ނަމަވެސް މި ގުޅުމާއި ގުޅޭ ގޮތުން ދެމީހުންވެސް މީޑިއާގައި މާ ބޮޑު ވާހަކަތަކެއް މީގެ ކުރިން ދައްކާފައެއް ނުވެއެވެ. ދިއާ އާއި ވެއިބަވްގެ ގުޅުމާއި ބެހޭ ގޮތުން އޭނާ ވާހަކަދައްކާފައި ނުވާއިރު ކައިވެނީގެ ހަފްލާއަށް ފަހު އޭނާވަނީ ނޫސްވެރިންނަށް ދެމަފިރިންގެ ފޮޓޯ ނަގުމަށް ފުރުސަތު ދީފައެވެ.

މީގެ ކުރިންވެސް ކައިވެންޏެއް ކޮށްފައިވާ ދިއާ އޭރު ކުރި ޓުވިޓެއްގައި ބުނީ ސާހިލް ސަންގް ކައިރިބް ވަރިވާން ނިންމީ ދެމީހުން އެކަމަށް އާ ބަސްބުނެ ދެމީހުންވެސް ބޭނުންވެގެން ކަމަށެވެ. ވަކިވިޔަސް ރައްޓެހިންގެ ގޮތުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އޭރު ދިއާވަނީ ބުނެފައެވެ.

ރެހެނާހާ ތެރެ ދިލްމޭ އިން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި ދިއާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ދަސް، ލަގޭ ރަހޯ މުންނާބާއި ފަދަ ފިލްމުތައް ހިމެނެއެވެ.