English Edition
Dhivehi Edition

އައްޑޫ ސިޓީން ކޮވިޑް-19 އަށް އިތުރު މީހަކު ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ބައްޔަށް ފައްސިވި މީހާ ފައްސިވެފައިވަނީ ފޭދޫންނެވެ.

މިމީހާއާއި އެކު މިވަގުތު އައްޑޫ ސިޓީގައި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 61 އަރާފައެވެ. އެއީ ހިތަދޫއިން ފައްސިވެފައިވާ 20 މީހުންނާއި، މަރަދޫ ފޭދޫން ފައްސިވެފައިވާ 04 މީހުންނާއި، ފޭދޫން ފައްސިވެފައިވާ 12 މީހުން އަދި ހުޅުދޫ މީދޫއިން 25 މީހެކެވެ. މިއާއި އެކު އެމީހުންނާއި ގުޅުން ހުރި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 341 މީހެއް އައްޑޫ ސިޓީގައި ވަނީ ކަރަންޓީނު ކުރެވިފައެވެ.

އިއްޔެގެ އިރުއޮއްސި 18:00 އިން މިއަދުގެ 18:00 އާއި ހަމައަށް އައްޑޫ ސިޓީގައި ވަނީ ބައްޔަށް ޓެސްޓު ކުރުމަށް 272 ސާމްޕަލެއް ނެގިފައެވެ.

އައްޑޫ ސިޓީގައި 226 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު ބައްޔަށް ފައްސިވެފައިވާ 03 ފަރާތަަކަށް އަންނަނީ ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުންނެވެ. މާލެ ސިޓީގެ އިތުރުން މި ބަލި މިހާރު އެންމެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަނީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައެވެ.