English Edition
Dhivehi Edition

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ އިތުރު ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ އެވެ.

އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގޮނޑި ކަށަވަރުވީ އެމްޑީޕީގެ ޓިކެޓްގައި ހިތަދޫ ކޮރުވަލު ދާއިރާ އަށް ވާދަކުރާ އިބްރާހީމް ޝިނާޒް މޫސާ އަށެވެ. ޝިނާޒަށް ގޮނޑި ކަށަވަރުވީ އެ ދާއިރާއަށް ޕީޕީއެމް އިން ވާދަކުރާ މުހައްމަދު ޖިނާން (ޖިންކޯ) ނަން އަނބުރާ ގެންދިއުމުންނެވެ.

ޖިނާން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިތަދޫ ކޮރަވައު ދާއިރާ އަށް ކައުންސިލް އިންތިހާބުގައި ކުރިމަތިލީ ކާމިޔާބުގެ ފުރިހަމަ އުންމީދާ އެކު ކަމަށާ ނަމަވެސް ފުރަމޭގެ ބައްޔަކަށް ބޭސް ކުރަން ޖެހި އިންތިހާބީދާއިރާއަށް ދެވޭނެ ގޮތް ނުވުމަކީ މިއިންތިހާބުން ނަންނަގަން ޖެހުން މައިގަނޑު ސަބަބުކަމަށެވެ. އަދި ‏އައްޑޫ ސިޓީ އަދި އެހިން ހުރިހާ ޕީޕީއެމް ގެ ކެންޑިޑޭޓުނަށް ދެވެން އޮތް އެއްބާރުލުމެއް ވެސް ޕީޕީއެމްގެ އާއިލާއައް ޔަގީންކަން އަރުވާކަމައް ވެސް ޓުވީޓް ގައި ބުނެފައި ވެއެވެ.

ޝިނާޒާއި ހުޅުދޫ ދާއިރާގެ ފައިޒުއަށް ގޮޑި ކަށަވަރުވެފައި ވާއިރު ކުރިން ވެސް ކައުންސިލަށް ވާދަކުރާ އެހެން ދާއިރާގެ ގޮނޑި ކެންޑިޑޭޓަކަށް ކަށަވަރުވެފައިވެ އެވެ. އެއީ ހިތަދޫ ބޭރުމަތި ދާއިރާ އަށް ވާދަކުރާ މަރިޔަމް ސައީދެވެ.

އައްޑޫ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި އަލީ ނިޒާރެވެ. އިދިކޮޅު ޕީޕީއެމުން އެ މަގާމަށް ނުކުންނަނީ މުހައްމަދު ލަތީފު (ވޮލީ ލަތީފު) އެވެ.

އައްޑޫ ސިޓީ ކައުލްސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބުކުރާނީ 13 ކައުންސިލަރުންނެވެ.