English Edition
Dhivehi Edition

ކާގޯބޯޓެއްގެ ފަޅުވެރިއަކު އަވަސް ފަރުވާއަށް އޭއީއެޗަށް ގެނެސްފި

އައްޑޫ ސިޓީގެ އިރު އުތުރުން 165 ނޯޓިކަލް މޭލު ބޭރުން ދުއްވާފައި ދިޔަ ކާގޯބޯޓެއްގައި ހުރި ފަޅުވެރިއަކު އަވަސް ފަރުވާއަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެނެސްފިއެވެ. އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން ގެ އެހީއާއެކު ގެނައި ބިދޭސީ މީހާއަކީ ލަންކާގެ ރައްޔިތެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެއިދާރާގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ ގެ އެހީތެރިކަމަށް “އެމްވީ ޑާބީ” ނަމަކަށް ކިޔާ މިބޯޓުން އެދުނީ މިއަދު މެންދުރު 12.26 ގައި ކަމަށެވެ. ބިދޭސީ މީހާ ބޯޓުގެ ތެރެއަށް ވެއްޓި ހިނގާދިޔަ މިޙާދިސާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެނެވުނީ މިރޭ 11.40 ގައެވެ. މިމީހާއަށް މިހާރުދަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ބިދޭސީ ފަޅުވެރިޔާ ބޯޓުތެރެއަށް ވެއްޓިގެން ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.