English Edition
Dhivehi Edition

ކޮވިޑް19 ޖެހިގެން ރާއްޖެއިން 58 ވަނަ މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ ދަންވަރު އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ އަންހެނަކު ނިޔާވި ފަހުން ޓެސްޓްކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މިއީ ފާއިތުވެ ދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މި ބަލީގައި ނިޔާވި ދެވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ޖުމްލަ 58 މީހުން ނިޔާވެފައިވާއިރު މިއީ ކޮވިޑް ޖެހިގެން މިއަހަރު ނިޔާވި ތިހަ ވަނަ މީހާއެވެ. އަދި މި ހިނގާ ފެބުރުއަރީ މަސް ތެރޭ ނިޔާވި ހަވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 17،507 އަށް އަރާފައިވާ އިރު މިވަގުތު 2،302 މީހަކަށް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 206 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ.