English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގައި ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ރޭ 78 އަހަރުގެ އަންހެނަކު ހާލަތު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔައިރު ނިޔާވެފައިވާ ކަމަށާއި އޭނާގެ ކޮވިޑަށް ޓެސްޓްކުރި އިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން ޖުމްލަ 57 މީހުން ނިޔާވެފައިވާއިރު މިއީ ކޮވިޑް ޖެހިގެން މިއަހަރު ނިޔާވި ނުވަ ވަނަ މީހާއެވެ. އަދި މި ހިނގާ ފެބުރުއަރީ މަސް ތެރޭ ނިޔާވި ފަސްވަނަ މީހާ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވެފައިވާއިރު މިހާރު ކޮވިޑަށް ފަރުވާ ދެމުންދާ ކޭސްތަކުގެ އަދަދު ވަނީ 2302 އަށް އަރާފައިއެވެ މި ވަގުތު 206 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17،507 އަށް އަރާފައެވެ.