English Edition
Dhivehi Edition

އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 120 އަށް އަރާފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން 120 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލޭ ސަރަޙައްދުން 99 މީހުން ޕޮޒިޓިވްވިއިރު، އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 8 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 10މީހުންގެ އިތުރުން ޔޮޓާއި ސަފާރީތައް ހިމެނޭހެން 3 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާރު ފަރުވާ ދެމުންދާ ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު ވަނީ 2302 އަކަށް އަރާފައިވާއިރު މި ވަގުތު 206 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 17،507 އަށް އަރައިފައިވާއިރު މި މުއްދަތުގައި ބަލިން ރަނގަޅުވީ 61 މީހެކެވެ. އަދި މިހާތަނަށް ބަލީގައި 56 މީހަކު ވަނީ މަރުވެފަ އެވެ.