English Edition
Dhivehi Edition
ފޮޓޯ: ދަނޑުވެރިންގެ އުފެއްދުންތައް މާލެ ގެނައުން - ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް ނިއުސް.

މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.

ކޮވިޑް-19 ގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައި ވާތީ އެޗްޕީއޭ އިން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު ސޮއިކޮށް ރޭ ނެރުނު އެންގުމުގައި ބުނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މިއަދުން ފެށިގެން މާލެ ސަރައްދު ހިމެނޭ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.

އިއްޔެއިން ފެށިގެން މާލެ އާއި ހުޅުމާލެ، ވިލިމާލެ، ތިލަފުއްޓާއި ގުޅީފަޅު އަދި ހުޅުލޭގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ވަކި ގޮތެއް އަންގަންދެން އެއްގަމު އުޅަނދުފަހަރު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ

އެޗްޕީއޭ އިން ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް، ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތްތަކަށް ރިއާޔަތްކޮށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ އުސޫލުތަކަށް އާންމުން ވެސް ކިޔަމަންވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.