English Edition
Dhivehi Edition
އައްޑޫގައި ވެކްސިން ޖެހުން ކުރިއަށް ދަނީ/ފޮޓޯ ސޯޝަލް މީޑިއާ

މި ވަގުތު ރާއްޖެ އޮތީ ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި އަދި ނާޒުކު ހާލަތުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިއަދު ޑރ. ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހޭ މީހުން ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓް ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ، މިވަގުތު ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާ ދެވެން ހުރީ މަދު އެނދެއް ކަމަށެވެ.

ޑރ. ނަޒްލާގެ ޓުވިޓާއި އެކު ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ހާމަވެގެން ދިޔައިރު ޑރ.ނަޒްލާ ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.

ރާއްޖެއިން މިވަގުތު 17،387 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 211 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.