English Edition
Dhivehi Edition
ފުވައްމުލަކުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތުގައި " ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީން ކޮވިޑް-19 ފެނި މިހާތަނަށް އެ ސިޓީން ނުވަ މީހަކު ކޮވިޑަށްޕޮޒިޓިވްވެފައިވުމާއި ގުޅިގެން މީޑިއާ ތަކަށް މައުލޫމާތު ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވާ ޕްރެސް ކޮންފަރެންސް މިރޭ 9:00 އަށް ތާވަލް ކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިއީ ފުވައްމުލަކުގެ އެންމެ ފަހުގެ ހާލަތާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ބާއްވާ ޕްރެސް އެއް ކަމަށާއި މި ޕްރެސް ކައުންސިލްގެ ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިރޭ ކައުންސިލުން ޕްރެސް ބާއްވާއިރު މިއަދު ފުވައްމުލައް ސިޓީގެ މޭޔަރ ފަލާޙް ޝަރީފް ވަނީ ކައުންސިލް ޕޭޖް މެދުވެރިކޮށް މިވަގުތުގެ ހާލަތު ރައްޔިތުންނާއި ހިއްސާކުރައްވަވާފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކޮވިޑް 19 ގެ ރޯގާ ފެތުރުނު ހިސާބުން ފެށިގެން ކައުންސިލް ގެ ޕޭޖުން ދަނީ ރައްޔިތުންނާއި ހަމައަށް ތާޒާކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ފުވައްމުލަކުން ކޮވިޑް-19 ފެނި މިހާތަނަށް އެ ރަށުން ނުވަ މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.

 

1 ކޮމެންޓް
ޢަލީ ސަޢީދު
ފެބުރުއަރީ 11, 2021
ބަލަ ކީއްވެތޯ އަޅުގަނޑުމެންގެ ސާމްޕަލްނުނަގައިގެންއުޅެނީ މީސީދާ ކޮންޓެކްޓެއްމިހާރުމިވަނީގޭއެއްމެންގުޅިފައި ފަރުވާކުޑަނުކުރެެްވުން ވަރަށްއެދެން