English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅު ފާތުމަތު ހަސަން (83އ)، ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމް އާއި އެކު ސްރީލަންކާގައި ދިރިއުޅުއްވާ ޔާމީންގެ މަންމާފުޅު ލަންކާ ހޮސްޕިޓަލަށް ގެންދެވުނީ ރޭގެ ފަތިހުގެ ވަގުތެއްގައި ނޭވާލާން އުނދަގޫވުމާއި ގުޅިގެންނެވެ. އެކަމަނާ ނޭވާލާން އުނދަގޫވެ ލަންކާ ހޮސްޕިޓަލަށް ގެންދިއުމުން ހެދި ޓެސްޓުތަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކަމާއަށް މިހާރު ފަރުވާދެމުން އަންނަނީ ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

މިދިޔަ އަހަރު ޑިސެމްބަރުމަހުވެސް ޔާމީންގެ މަންމާފުޅުގެ އާލަސްކާންފުޅު ބޮޑުވެ އެކަމަނާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.