English Edition
Dhivehi Edition

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ފުވައްމުލަކު ސިޓީން ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން 2 ސާމްޕަލް ގެ ނަތީޖާ ޕޮޒިޓިވް ވެ ރަށް މޮނިޓަރިން އަށް ލުމާއި ގުޅިގެން ފުވައްމުލަކުގެ ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފިއެވެ.

ފުވައްމުލައް ސިޓީކައުންސިލުން ބުނީ ކޮވިޑް-19 ރޯގާ ފެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ ގައި ރެންޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެފަރާތުން ކަމަށްވާތީ، ފުވައްމުލައް ސިޓީގައި ‘ކޮމިއުނިޓީ ސްޕްރެޑެއް’ އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށެވެ.

ރެންޑަމް ސާމްޕަލް ތަކުގެ ނަތީޖާ މިރޭ ލިބިފައިވާ އިރު އެޗްޕީއޭ އިން ވަނީ އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ރެންޑަމް ސާމްޕަލްގެ ތެރެއިން ބަޔަކު ކޮވިޑް-19 ރޯގާއަށް ފައްސިވެފައިވާތީ، ކޮންޓެކްޓް ޓްރޭސިންގ ހަދާ ނިމެންދެން މާދަމާ 10 ފެބްރުއަރީ 2021 އިން ފެށިގެން މި ހޮސްޕިޓަލުގެ ސްޕެޝަލިސް ޑޮކްޓަރުންގެ އޯޕީޑީ ނޯންނާނެކަމަށެވެ. އެހެންނަމަވެސް އިމަޖެންސީ ޚިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ދެވެމުން ދާނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުވައްމުލަކުން ޕޮޒިޓިވް ވެފައިވަނީ އޭވިއޭޝަން ކްލަސްޓާރ އާއި ގުޅުމެއް ނެތް ކޭސް ތަކެވެ.