English Edition
Dhivehi Edition
އުދައްޔުގެ ހަށިގަނޑު މާލެ ފޮނުވާލުމަށްޓަކައި ފުރުވާލަނީ: ފޮޓޯ އޭއޯ ނިއުސް

ގއ. މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި 17 އަހަރުގެ އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

Advt

Advertisement

ރޭ 23:00 ހާއިރު ހިނގި އެ މާރާމާރީގައި އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު މަރުވީ އޭނާގެ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައެވެ.

މާމެންދޫ 2 ގުރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް އުދައްޔު އާއި އޭނާގެ ބޭބެ ފިރުޝާން ފުރަތަމަ ގެންދިޔައީ ގއ. މާމެންދޫ ސިއްހީ މަރުކަޒަށެވެ. މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ރޭ 23:15 ހާއިރު އިމަޖެންސީގައި އުދައްޔު ބަދަލުކުރީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

މާރާމާރީގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގުކުރަމުން އަންނަ އިރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ އުމުރަކީ 18، 23 އަދި 27 އަހަރެވެ.