English Edition
Dhivehi Edition
Muslim women reading Quran in the mosque during the Ramadan

ކޮވިޑް- 19 އާއި ގުޅިގެން އައްޑޫ ސިޓީގެ މިސްކިތްތަކުގައި މިއަދުން ފެށިގެން ޖަމާޢަތުގައި ނަމާދު ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމައިފިއެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު ސަރކިއުލަރގައި ބުނެފައިވާ ގޮތުން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) އައްޑޫ ސިޓީން ފެނި، އައްޑޫ ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނެވިފައި ވާތީއާއި، ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 9 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެރޭ ފަތިސް ނަމާދުން ފެށިގެން 17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް، އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް ނުހެދުމަށް ވަނީ ދަންނަވާފައެވެ.

މި ޙާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި “صلو في بيوتكم” މި ފަދައިން 02 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށް ވެސް މި ސަރކިއުލަރގައި މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. އަދި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކޮށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި، اللهގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް اللهއަށް ވަކީލުކޮށް އުޅުމަށް އެ މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.