English Edition
Dhivehi Edition

އައްޑޫ ސިޓީގައި ކާފިއު އިޢުލާންކޮށްފިއެވެ. އައްޑޫގައި ކާފިއު އިޢުލާންކޮށްފައި މިވަނީ އައްޑޫ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ކައުންސިލުން ނެރުނު އިޢުލާން ގައި ވާގޮތުން ކޮވިޑް 19 އާ ގުޅިގެން ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2021/26 (06 ފެބުރުއަރީ 2021) އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މި ހިނދުން ފެށިގެން އަންނަނިވި ފިޔަވަޅުތައް އައްޑޫ ސިޓީގައި އެޅުމަށް ކައުންސިލުން އަންގާފައިވެއެވެ. އެގޮތުން؛

  1. އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.
  2. އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.
  3. އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން.
  4. ސްކޫލްތަކުގެ ކޮންޓެކްޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން.
  5. ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން.
  6. ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.
  7. ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުން.
  8. ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ކައުންސިލްގެ އިޢުލާނުގައި އެދިވަޑައިގެންފައިވެއެވެ.

އައްޑޫގައި ކާފިއު އިޢުލާންކޮށްފައިވާއިރު، މުޅި ސިޓީ ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެގޮތުން ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ އަވަށް މޮނިޓަރިންގެ ހާލަތަށް ގެނައުމަށްފަހު، ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކުވެސް ޕޮޒިޓިވްވުމާ ގުޅިގެން ހުރިހާ އަވަށެއް ހިމެނޭ ގޮތަށް މުޅި ސިޓީ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އައްޑޫ ސިޓީ ހުޅުމީދޫން ކޮވިޑަށް 25 ބިދޭސީން ޕޮޒިޓިވްވެފައިވާއިރު، މުޅި އައްޑޫން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 43 އެވެ.

 

2 ކޮމެންޓް
ސައިމަލާ
ފެބުރުއަރީ 9, 2021
އަޖައިބައް. އެޔާއި އެތިބި ކަންތެތި އޭ ދެން ކޮންތައް؟ ކާފިއު އަކާއު ކޭނީ ކެހެއިވަރައް ވީމެއި؟ ކޮންކޮން ކަމަށް އިތިރަށް ދެން މީހަކާ އެޔާއި ލޭނެނެއި ކާފިއު އައު ކޭއް؟ ބޮލެ ރޮދި ކެނޑިގޮސް ދީ އައްޑޫ މީހާ ހިންނެއި؟؟ ދެނަސް އިހަށް މައިތިރި ވެގެން ގޭ އޮވެވޭތޯ ބަލަފެލެ.
އައްޑޫ މީހާ
ފެބުރުއަރީ 9, 2021
ހެޔޮ ނުވާނެ! އަދި އައްޑޫގަ ކާފިއުއެއް އިއުލާނެއް ނުކުރޭ. އައްޑޫ ނޫސްތަކުން ތިހެން ޚަބަރު ފެތުރީމަ ވަރަށް ކަޑަ. އެޗްޕީއޭ ނުވަތަ ކައުންސިލުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ލިޔުއްވާ!