English Edition
Dhivehi Edition
ގދ. މަޑަވެލީގައި އިތުރު 03 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ގދ. މަޑަވެލީގައި ކަރަންޓީނުގައި ތިބިފަރާތްތަކެއް ކަރަންޓީނުގެ މުއްދަތު ހަމަވުމާއި ގުޅިގެން ކަރަންޓީން ރިލީޒަށް 06 ފެބްރުއަރީ ގައި ނެގުނު ރިލީޒިންގ ސާމްޕަލްތަކުގެ ތެރެއިން 03 ސާމްޕަލެއް ކޮވިޑް 19 އަށް ފައްސިވެފައިވާކަން މަޑަވެލި ހެލްތު ސެންޓަރުން ވަނީ އޭ.އޯ ނިއުސްއަށް ކަށަވަރު ކޮށްދީފައެވެ.
މި ތިން މީހުންނާއެކު ހޯމް ކަރަންޓީނުގައި ހުރި އިތުރު އެއް ސާމްޕަލުގެ ނަތީޖާ ނުލިބޭކަން ފާހަގަކޮށް މި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަޑަވެލި ހެލްތު ސެންޓަރގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އާތިސާ އާދަމް ވިދާޅުވިއެވެ.
މިވަގުތު ގދ. މަޑަވެލީގައި ކޮވިޑް 19 އަށް ފައްސިވެފައި ވަނީ ޖުމްލަ 06 މީހުންނެވެ. އަދި އެންމެންވެސް ހޯމް ކަރަންޓީނު ކުރެވިފައިވާކަމަށް މަޑަވެލި ހެލްތު ސެންޓަރ އިން މަޢުލޫމާތު ދެއެވެ.