English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކޮށްފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރ - ފޮޓޯ: އުރީދޫ

އުރީދޫގެ ޑިޖިޓަލް ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އުރީދޫ މޯލްޑިވްސް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، ހިތަދޫގައި ޤާއިމުކޮށްފައިވާ އެ ކުންފުނީގެ އެކްސްޕީރިއެންސް ސެންޓަރ ހުޅުވާނީ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު، ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް އަދި 14:00 އިން 16:00 އަށް ކަމުގައެވެ.

Advt

Advertisement

މީގެ އިތުރުން، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމުގެ ގޮތުން، އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތަކަށް ކަސްޓަމަރުންނަށް ވަދެވޭނީ ލިމިޓެޑް އަދަދަކަށް ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

އުރީދޫން ބުނީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ، އެ ކުންފުނީގެ ޑިޖިޓަލް ޚިދުމަތްތައް ހޯދުމަށް އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.