English Edition
Dhivehi Edition

ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ ޢަމަލެއް ހިންގި މައްސަލައެއްގައި 64 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ.، އއ.، އ.ދ.، އަދި ވ. އަތޮޅު)ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖެއްގެ ހާޒިރުގައި އެކި ދުވަސް މަތިން ޖިންސީ ޢަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 10 ޖަނަވަރީ 2021 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.