English Edition
Dhivehi Edition

ފިހާރައަކުން ވިޔަފާރިކޮށްގެން ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ވީޑިޔޯއިން ފެންނަ މީހާއަކީ ފިހާރައަކަށްވަދެ އެފިހާރައިން މުދާ ގެންގޮސް ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އާއްމުންގެ އެހީއަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.