English Edition
Dhivehi Edition
އޭއީއެޗް

އައްޑޫސިޓީން އިތުރު 2 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 15 އަށް އަރައިފިއެވެ. ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއިއޯސީ) ގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ހިތަދޫ ކްލަސްޓާއިން މިހާތަނަށް 15 މީހަކު ޕޮޒިޓިވްވެފައިވާއިރު މި ކޭސްތަކާގުޅޭ 44 ކޮންޓެކްޓެއް ހިތަދޫގައި އެބަތިބި ކަމަށާއި ގދ.ތިނަދޫގައި ވެސް 25 ކޮންޓެކްޓުން އެބަތިބި ކަމަށެވެ.

ހިތަދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އޭގެ ފަހުން ހަމަ އެއިދާރާގައި މަސައްކަތް ކުރާ އިތުރު ދެ މުވައްޒަފަކު ފޭދޫން ޕޮޒިޓިވްވެފައިވާ އިރު މި ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ވަނީ ގދ. ތިނަދޫން ވެސް ޕޮޒިޓިވްވެފައެވެ. ހިތަދޫ ކްލަސްޓަރ އާއި ގުޅުން ހުރި އިތުރު 5 މީހަކު ޕޮޒިޓިވްވީވެސް މިރޭގެ ވަގުތެއްގައެވެ. މި ކްލަސްޓާ ގައި ހިމެނެނީ އޭވިއޭޝަން ކޮމާންޑްގެ ޓްރޭނިންގ އެއްގައި ބައިވެރިވި މުވައްޒަފުން ތަކެކެވެ. މިހާރުދަނީ މިއެންމެންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ޑައިރެކްޓް ކޮންޓެކްޓް ވީ ފަރާތްތައް އެކަހެރި ކުރަމުންނެވެ.

އައްޑޫސިޓީ އަށް އަރާ ފޭބުން އިއްޔެއިން ފެށިގެން ބަންދު ކޮށްފައިވާއިރު މިހަފްތާތެރޭ އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތަކެއް ފެންނަން ފެށީ ހުޅުމީދޫއިންނެވެ. އެރަށުގައި މަސައްކަތް ކުރާ ބިދޭސީން ގެ ތެރެއިން ގިނަ ބަޔަކު މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ހުޅުދޫއާއި މީދޫގެ ޕޮޒިޓިވް ކޭސް ތަކުގެ އަދަދު ވަނީ 26 އަށް އަރާފައެވެ.