English Edition
Dhivehi Edition
ފޮޓޯ: - އަމްނާ އިމާދު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ހިންގަމުން ދިޔަ ފްލޫ ކްލިނިކް ކުރީގެ އައްޑޫ ރީޖަނަލް ހޮސްޕިޓަލު ހުންނަ އިމާރާތަށް ބަދަލުކޮށްފިއެވެ.

މިއަދު މެންދުރުފަހު 14:00 އިން ފެށިގެެން ފްލޫ ކްލިނިކް ގެ ހިދުމަތް ރީޖަނަލް ހޮސްޕިޓަލުން ދޭން ފަށާފައިވާއިރު ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 ރޭގަނޑު 00:00 އަށެވެ.

މީގެ ކުރިންވެސް އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހިންގަމުން ދިޔަ ފްލޫ ކްލިނިކް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްއަށް ބަދަލުކުރުމަށްފަހު މިއަދު އެ ކްލިނިކް ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ ކޮވިޑް-19 ފެތުރެމުން އަންނާތީ އިކުއަޓޯރިއަލް ހޮސްޕިޓަލުގެެ ތެރޭގައި ފްލޫ ކްލިނިކްގެ ހިދުމަތް ދިނުން ރައްކާތެރިކަމަކަށް ނުވާނެތީކަމަށް ހޮސްޕިޓަލުންވަނި ބުނެފައެވެ.

އައްޑޫ ސިޓީއިން ކޮވިޑް19 އަށް ގިނަ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީގެ ބައެއް އަވަށްތަކުގައި ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނައިރު އެ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.