English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރުމުން 25 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭ ޕްރޮގްރާމެއް ބީއެމްއެލް އިން ފަށައިފިއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއަދު ބީއެމްއެލް އޮފާރސް ޕޯޓަލް ވަނީ ތައާރަފްކޮށްފައެވެ. އަދި މިއީ މާޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފުކުރި ޕްރޮގްރާމެއް ކަމަށެވެ.

ބީއެމްއެލް އޮފަރސް ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ފިހާރަތަކުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެއެވެ. އޭގެތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަ ތަކުގެ އިތުރުން ގިނަ ފިހާރަތަކެއް ހިމެނެއެވެ.

ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް https://www.bankofmaldives.com.mv/merchant-portal-mpos އިން ލިބެން ހުންނާނެއެވެ.