English Edition
Dhivehi Edition
އޭއީއެޗްގެ ރިސެޕްޝަންގައި ބަޔަކު މަޑުކޮށްލައިގެން/ފޮޓޯ އޭއޯނިއުސް

ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީން ޕޮޒިޓިވް ކޭސް ތަކެއް ފެނިފައިވާއިރު މިއެންމެންނަކީ ވެސް ބޭރުފުށުން ބަލީގެ ޢަލާމާތް ފެންނަން ހުރި ސިމްޓޮމެޓިކް މީހުން ކަމަށް މަޢުލޫމާތު ލިބެއެވެ. މިއެންމެން ވެސް ފްލޫ ކްލިނިކަށް ދެއްކީ ބަލީގެ ޢަލާމާތް ހުރުމުން ކަމަށާއި ހުންއައިސް ރޯގާ ޖެހި ކެއްސުންފަދަ ޢަލާމާތްތަކާއެކު ޕޮޒިޓިވް ވިނަމަވެސް މި އެންމެންގެ ޙާލު ރަނގަޅުކަމަށް އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައިވެސް ހުންނަވާ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤު ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތެކަށް އަރާފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫއިން ޕޮޒިޓިވްވި ފަސް މީހުންނާއި ސ. ފޭދޫން ޕޮޒިޓިވްވި އެކަކާއި ގދ. ތިނަދޫ އިން ޕޮޒިޓިވްވި އެކަކެވެ.

އިއްޔެ އިން ފެށިގެން އައްޑޫސިޓީން ޕޮޒިޓިވް ވަމުންދާ މީހުންނަކީ ބަލީގެ ޢަލާމާތާއެކު ޕްޒިޓިވް ވާ މީހުންނަށް ވުމުން މިއީ އިތުރަށް ސަމާލުވާންވީ ކަމެކެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާސްކު އަޅުއްވައި ގައި ދުރުކަން ބެހެއްޓުމާއެކު ސާފުތާހިރު ކަމުގެ މިންގަނޑުތަކަށް ޢަމަލުކޮށް ގިނަގިނައިން އަތް ދޮވެ ސެނިޓެއިޒަރ ބޭނުން ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.