English Edition
Dhivehi Edition

ސްޓާޕްލަސްއިން ކުރިން ދެއްކި ހިންދީ ޑްރާމާ ސިލްސިލާ “އިޝްގްބާޒް”ގައި ޝިވާއި އޮބެރޯއީގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ނަކުލް މެހެތާ އަށް ދަރިއަކު ލިބިއްޖެއެވެ.

އޭނާގެ އަންހެނުން އަދި ލަވަކިޔުންތެރިޔާ ޖަންކީ ޕާރެކް މިމަހުގެ 03 ވަނަ ދުވަހު ފިރިހެންކުއްޖަކު ވިހާފައިވާއިރު ނަކުލް ވަނީ މި އުފާވެރި ހަބަރު އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ނަކުލް އިންސްޓަގްރާމްގައި ދަރިފުޅުގެ އަތުގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކުވަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ.

ނަކުލް އާއި ޖަންކީ ނުވަ އަހަރު ދުވަސްވަންދެން ލޯބީގެ ގޮތުން އުޅުމަށްފަހު ދެތަރިން ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ.