English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައްސިޓީގައި ކޯވިޑް-19ގެ ރޭންޑަމް ސާމްޕަލް ނަގަން ނިންމައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ބަލި ފެތުރޭތޯ ބެލުމަށްޓަކައި ލެބޯރޓްރީ ޓެސްޓް ހެދުމަށްޓަކައި ސާމްޕަލް ނެގުމަށް ނިންމާފައިވާކަމަށެވެ، މި ގޮތުން މިއަދާއި މާދަމާ ވެސް ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ސާމްޕަލް ނެގުމަށް ހަަމަޖެހިފައިވާއިރު މިކަމުގާއި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އައްޑޫ ސިޓީ އިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު ފާއިތުވި ދުވަސްތަކުގައި އައްޑޫ ސިޓީ އިން ގިނަ ބަޔަކުވަނީ އެކިއެކި ބޭނުންތަކަށް ފުވައްމުލަކަށް ދަތުރުކޮށްފައެވެ.