English Edition
Dhivehi Edition
ގދ. މަޑަވެލީގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު 02 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މަޑަވެލީގައި ކޮވިޑް-19 އަށް ފައްސިވެފައިވަނީ ބިދޭސީ 02 މީހެއް ކަމަށާއި މިއީ މިއަދު މެންދުރު ފައްސި ނަތީޖާ ލިބުނު މީހާއާއެކު އެއް ތަނެއްގައި ހޯމް ކަރަންޓީނުގައި ތިބި 02 މީހުން ކަށެވެ. މި 03 މީހުންނާއެކު ޖުމްލަ 07 މީހުން ކަރަންޓީން ރިލީޒަށް ނުވަތަ ކަރަންޓީނުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން އަނެއް 04 ސާމްޕަލްގެ ނަތީޖާ ނައްސި ވެފައި ވާކަން ގދ. މަޑަވެލީ ކައުންސިލުން ވަނީ އޭއޯ ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.
މި 07 މީހުންނަކީ ވެސް މިވަގުތު މަޑަވެލީގައި ހިންގަމުންދާ ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށް އެ ރަށަށް އައި ބަންގްލަދޭޝްގެ 07 މީހުން ކަމަށާއި
މީގެތެރެއިން 04 މީހުންގެ ނަތީއްޖާ ނައްސިވެފައިވީ ނަމަވެސް ފައްސިވެފައިވާ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާތީ މި 04 މީހުންވެސް އިތުރު 14 ދުވަހަށް ހޯމް ކަރަންޓީން ކުރިފައިވާ ކަމަށް ގދ. މަޑަވެލީ ކައުންސިލުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން މި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އިތުރު ފަރާތްތައް ބެލުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކުރަމުން ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް މަޑަވެލި ހެލްތު ސެންޓަރގެ ކޮމިއުނިޓި ހެލްތު އޮފިސަރ އާތިސާ އާދަމް 9962214 އާއި ހިއްސާކުރެއްވުމަށް ގދ. މަޑަވެލީ ސިއްޙީ މަރުކަޒުން ވަނީ އެދިލައްވާފައެވެ.