English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫގައި ކަރަންޓީނުގައި ނެތް 2 މީހަކު ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވުމާއި ގުޅިގެން އައްޑޫސިޓީ އަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ ސިޓީ ހިތަދޫން ދެ މީހަކު މިއަދު ޕޮޒިޓިވްވެފައިވާތީ އައްޑޫ ސިޓީގެ ހުރިހާ ރަށެއް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެކަކަކީ ހިތަދޫގައި ދިރިއުޅޭ މީހެކެވެ އަދި އަނެއް މީހާ ވެސް ދިރިއުޅެނީ އައްޑޫގައެވެ. މި ދެ މީހުން ވެސް މަސައްކަތް ކުރަނީ އެއް އޮފީހެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގު ވިދާޅުވީ މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވަނީ އެމީހުންނާއެކު ދިރިއުޅޭ އާއިލީ މެމްބަރުންނާއި އޮފީސް މީހުން ކަމަށެވެ. ނަމަވެސް މުޅި ސިޓީ އެއްކޮށް މޮނިޓަރިންއަށްލީ އެއް ފަސް ގަނޑަކަށް އޮންނާތީއާއި އަދިވެސް ކޮންޓެކްޓް ޓްރޭސިން ނުނިމޭއިރު އެހެން ރަށްރަށުން ވެސް ކޮންޓެކްޓުން ފެނިދާނެކަމަށް ބަލައި ރައްކާތެރިކަމުގެ ގޮތުންކަމަށް މޭޔަރ ވިދާޅުވިއެވެ