English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫގައި ކަރަންޓީނުގައި ނެތް 2 މީހަކު ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވުމާއި ގުޅިގެން ހިތަދޫ އަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މީގެ ދެދުވަސް ކުރިން ހުޅުދޫމީދޫ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ބިދޭސީން ތަކެއް ކޮވިޑަށް ފައްސިވެ ހުޅުދޫމީދޫ މޮނިޓަރިން އަށް ލާފައިވާއިރު މިއަދު ހިތަދޫގައި ހުންނަ ފުލޫ ކުލިނިކަށް ދައްކަން ދިޔަ 2 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެ ދެމީހުންނަކީ ވެސް ހިތަދޫގައި ދިރިއުޅެމުން އަންނަ އައްޑޫ 2 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.