English Edition
Dhivehi Edition
ގދ. މަޑަވެލީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މަޑަވެލީގައި ކޮވިޑް-19 އަށް ފައްސިވެފައިވާަނީ ބިދޭސީ މީހެއް ކަމަށާއި އޭނާ ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ކަރަންޓީން ރިލީޒަށް ނުވަތަ ކަރަންޓީނުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްގެ ނަތީޖާ ފައްސިވެފައި ވާކަން ގދ. މަޑަވެލީ ސިއްޙީ މަރުކަޒުން ވަނީ އޭއޯ ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން މި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ބެލުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކުރަމުން ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް މަޑަވެލި ހެލްތު ސެންޓަރގެ ކޮމިއުނިޓި ހެލްތު އޮފިސަރ އާތިސާ އާދަމް 9962214 އާއި ހިއްސާކުރެއްވުމަށް ގދ. މަޑަވެލީ ސިއްޙީ މަރުކަޒުން ވަނީ އެދިލައްވާފައެވެ.