English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފިއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޓިކްޓޮކް ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އަދި ޒުވާން ކުދިންގެ މެދުގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމަކީ ޓިކްޓޮކްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ޓިކްޓޮކް ބޭނުންކުރަން ފެއްޓެވީ މުޅިން އަލަށް ކަމަށެވެ. މީގެ އިތުރުން މުއިއްޒް ވިދާޅުވީ މި އެޕްލިކޭޝަނަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނަ މީހުން ބޭނުން ކުރާ ވަރަށް މަގުބޫލު އެޕްލިކޭޝަނެއް ކަމަށާއި މިއީ މެސެޖުތައް މީހުންނަށް ވާސިލްވުމުގައި ހަމަ ވަރަށް ބޮޑު ވަސީލަތަކަށް ވާނެކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޓިކްޓޮކްގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމް އާއި ޔޫޓިއުބުގެ އިތުރުން ޓްްވީޓާގައި ވެސް ކެމްޕޭން ކުރިއަށް ގެންދާނެކަމަށެވެ.