English Edition
Dhivehi Edition

ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ 4 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނީޓަރިންއަށް ލާފައިވާއިރު އެ ސައިޓުގައި ކޮވިޑް ފެތުރުމުގައި އެ ތަނާއި މި ވަގުތު ހަވާލުވެގެން ތިބި އިސްވެރިންގެ އިހުމާލު ވަރަށް ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.

ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެމްޓިސީސީ ސައިޓުގެ މަސައްކަތަށް ދިޔަ 2 ބިދޭސީއަކު ހޯމް ކަރަންޓީން ނިންމުމަށް ނެގި ސާމްޕަލްތަކުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އެ މީހުން ކަރަންޓީނުގައި ތިބީ ހުޅުމީދޫ އެމްޓީސީސީ ސައީޓްގައެވެ. ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން އެމްޓީސީސީގެ މުވައްޒަފަކު ބުނީ ހުޅުމީދޫ ބަނދަރުގެ މަސައްކަތްކުރުމަށް މާލެއިން އެ ރަށަށް ދިޔަ ތިން މީހުންވެސް ކަރަންޓީންވެގެން ތިބީ އެއް ތަނެއްގައި ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތުގެ ތެރޭގައިވެސް އެމީހުން އެހެން ބިދޭސީންނާއި ކޮންޓެކްޓްވެފައިވާއިރު ކަރަންޓީން މުއްދަތު ހަމަވެ ނެގި ސާމްޕަލުން ދެމީހުން ޕޮޒިޓިވްވުމުންވެސް އެމީހުންނާއި އެކު ދެން ކަރަންޓީނުގައި ހުރި މީހާ ދޫކޮށްލާފައިވާކަމަށެވެ.

Advt

Advertisement

އެމްޓީސީސީ ސައިޓުން ދެ ބިދޭސީން ޕޮޒިޓިވްވުމާއި އެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެމީހުން އެއްވެސް މީހަކާއި ކޮންޓެކްޓްވި ކަމުގެ މައުލޫމާތެއް ކަމާއި ގުޅޭ އެއްވެސް މުވައްސަސާއަކާއި ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުން އެއް ދުވަހު ސައިޓްގައި މަޑުކުރުމަށްފަހު އަބުރާ މަސައްކަތަށް ނިކުތް އިރު އެ ސައިޓްގައި މަސައްކަތްކުރާ އެއްވެސް މީހަކު ކަރަންޓީން ކޮށްފައި ނުވާކަމަށްވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މިއަދު އެ ސައިޓްގައި މަސައްކަތްކުރާ ހަތަރު ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި ހަތަރު މީހުން ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލިވެގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ޓެސްޓް ހަދަން އަންގައިގެން ހެދި ޓެސްޓުންނެވެ. މި ހަތަރު މީހުން ޕޮޒިޓިވްވުމާއެކު އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ސާމްޕަލްތައް ނެގުމަށް ތައްޔާރުވަމުން އަންނައިރު ގިނަ ބަޔަކު ވަނީ މިއީ ވަރަށް ބޮޑު އިހުމާލެއްކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ މުވައްސަސާތަކާއި ހިއްސާކުރަންޖެހޭ މުހިއްމު މައުލޫމާތުތައް ހިއްސާނުކޮށް ދޮގު މައުލޫމާތު ދިނުމަކީ ބޮޑު ކުށެއްގެ ގޮތުގައި ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ. އަދި މި ފަދަ އިހުމާލުތަކުގެ ސަބަބުން މުޅި ރަށަށް ބިރުވެރިކަން ފެތުރިފައިވާއިރު މިކަމުގައި ޒިންމާވާންޖެހޭ ހުރިހާ ފަރާތްތައް ހޯދާ މިކަން ބެލުމަށް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ.

 

1 ކޮމެންޓް
مناذ
ފެބުރުއަރީ 5, 2021
ކޮންތާކި އޮއް ހުޅުމީދޫ އަށް. ނިބައި މަޢުލޫމާތު ފަތުރާ ނޫސްތަކާއި ދޭތެރެޔެސް ފިޔަވަޅޮ އެޑާއް ތެބެ ޖެހެއި.