English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި ތިބި އެންމެންގެ ސާމްޕަލް ނެގުމަށް ނިންމައިފިއެވެ

މި މަސައްކަތް ފަށަން ހުޅުމީދޫ ސިއްހީ މަރުކަޒުން ތައްޔާރުވެފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން އެމްޓީސީސީ ސައިޓުގައި ތިބި އެންމެންގެ ސާމްޕަލް ނެގުމަށް ޓާކްސްފޯސް އިން ދަނީ ތައްޔާރުވަމުންނެވެ. އަދި އެޗްޕީއޭ އިން ލިބެންޖެހޭ ހުއްދަތައް ލިބުމާއެކު އެ މަސައްކަތް ފަށާނެ ކަމުގެ މައުލޫމާތު ލިބިފައިވާއިރު އެ ސައިޓުގައި 60 މީހުން މަސައްކަތްކުރަމުންދެއެވެ.

ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ގޯސްވެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ރާއްޖެއިން މިހާތަނަށް 16،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލީގައި 53 މީހަކު ވަނީ ނިޔާވެފައެވެ.