English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫއަށް އަރާ ފޭބުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނީޓަރިން އަށް ލާފައިވާއިރު ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ 4 މީހަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު އެ ރަށުން ޕޮޒިޓިވްވި މީހުންނާއެކު މިހާރު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ހަތެކަށް އަރާފައެވެ.