English Edition
Dhivehi Edition

ނަޖުދާ އަހުމަދާއި އޭނާގެ ފިރިމީހާ އިޒާމް ޒާހިރު ދިޔައީ އަލަތު ދަރިފުޅު ދުނިޔެއަށް އައުމުގެ ފޮނި އުންމީދުތަކެއް ކުރަމުންނެވެ. އެތަށް ހުވަފެންތަކެއް ދެކެމުންނެވެ. ނަމަވެސް ދަރިފުޅު ދުނިޔެއަށް އައުމާއިއެކު އެދެމެފިރިން ދެކެމުން އައި ހުވަފެންތަކާއެކު އުދަގޫ ދަތި ރާސްތާއެއް ދަރިފުޅަށްޓަކާ އެ ދެމަފިރިން ކަޑައްތު ކުރަން ފަށައިފިއެވެ.

އިޒްކާ އަކީ އުފެދުމުގައި ހިތުގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަންޖެހިފައިވާ ކުއްޖެކެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު އުފަންވި އިޒްކާ އަންނަނީ ފުރާނައާއި ހަގުރާމަ ކުރަމުންނެވެ. އިޒްކާގެ ބައްޕަ އިޒާމް ޒާހިރު އޭއޯ ނިއުސް އަށް މައުލޫމާތު ދިން ގޮތުގައި އިޒްކާގެ އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނެއްނޫނެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އިންޑިއާގެ ކޮޗިންގެ ލިސީ ހޮސްޕިޓަލް އިން އޮޕަރޭޝަން ކުރުމަށް އަންގާފައި ވާކަމަށެވެ. ލިސީ ހޮސްޕިޓަލަކީ އާސަންދަ ކަވަރު ނުކުރާ ހޮސްޕިޓަލެއްކަމުން އޮޕަރޭޝަނަށް ދާ ފަސްހާސް ޑޮލަރު ހޯދުމަށް އެދެމެފިރިން ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް އެދެއެވެ.

އިޒުކާގެ ބަލިހާލަތުގެ ގޮތުން އެދެމެފިރިން މިހާރު އުޅެންޖެހެނީ މާލޭގައެވެ. ކުރިން މަހަށް ގޮސް އާމްދަނީ ހޯދި އިޒާމް ޒާހިރު ދަރިފުޅުގެ ބޭސްފަރުވާއަށް މާލެ ބަދަލުވުމާއި ގުޅިގެން އަދި ވަނީ ވަޒީފާއެއް ނުލިބި އެވެ. އިޒްކާ ތަހަންމަލް ކުރަމުން އަން ވޭނަކީ އެއްވެސް މަޔަކު އަދި ބަފަޔަކުވެސް ދެކެން ބޭނުންވާނެ ކަމެއްނޫނެވެ. އެދެމެފިރިންގެ އުންމީދަކީ އެ ލޯބި ލޯބި ދަަރިފުޅުގެ ހިނިތުންވުން އަބަދުމެ ފެނުމެވެ. އިޒްކާއަށް މިހާރު ބޭނުންވަނީ އެންމެހާ ހެޔޮއެދޭ ފަރާތްތަކުގެ ދީލެތި އެހީ އާއި ދުޢާއެވެ.

އެކައުންޓް ނަންބަރު: 7730000309232 ( އިޒާމް ޒާހިރު / އިޒްކާގެ ބައްޕަ)

ގުޅޭނެ ނަންބަރު: 7620807 / 9177121