English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

އައްޑޫގައި ފަށަން ސަރުކާރުން ނިންމާފައިވާ ހުރިހާ މަސައްކަތެއްްގެ އަމަލީ މަސައްކަތް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން އައްޑޫ މަގު ހެދުމަށް ނިންމާފައިވާކަމަށާއި މި މަޝްރޫއުގެ ބީލަމުގެ މަސައްކަތް ނިމި މިމަހު ބަޔަކާއި ހަވާލު ކުރާނެކަމަށެވެ. މި ގޮތުން މިމަޝްރޫޢު ފުރިހަމަވުމުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެއް ޝަކުވާއަށް ނިމުމެއް އަންނާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.