English Edition
Dhivehi Edition

ގދ. އަތޮޅުގެ 04 ރަށެއްގެ ބިމުގެ ފެންފަށަލައިގެ ދިރާސާތައް ކުރުމާއި، ފެން ފަށަލަ އިޔާދަކުރުމަށް ގާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިތިޓީ ހެދުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ގދ. ފަރެސްމާތޮޑާ، ގދ. ރަތަފަންދޫ، ގދ. ނަޑެއްލާ އަދި ގދ. ހޯނޑެއްދޫ ހިމެނޭގޮތަށް ރާއްޖޭގެ ޖުމްލަ 19 ރަށެއްގެ ފެން ފަށަލަ އިޔާދަކުރުމަށް ގާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހެދުމާއި، ކޮންސެޕްޓް އަދި ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް އާއެވެ.

މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު މަރިޔަމް މުހައްމަދު ޒަކީ އަދި އިޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 9 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 7،216،115 (ހަތް މިލިއަން ދެލައްކަ ސޯޅަހާސް އެއްސަތޭކަ ފަނަރަ) ރުފިޔާއެވެ.