English Edition
Dhivehi Edition

މީހުން ދިރިއަުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަންގައިފިއެވެ.

2021 ފެބުރުވަރީ 7 ވާ އާދިއްތަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި އުޅޭއިރު އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވާވާގޮތަށް މާސްކު އެޅުމަށް، އެޗް.ޕީ.އޭ އިން ވަނީ ދާދި ދެންމެއަކު އިއުލާނުކޮށްފައެވެ.

ނަމަވެސް އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުތަކުގައި މާސްކް އެޅުމުން އިސްތިސްނާވާނެއެވެ. އަދި އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކް ނުނެގޭ މީހުންނާއި ހޮޓާ ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތުތަކުގައިވެސް މާސްކް އެޅުމުން އިސްތިސްނާވާނެކަމަށް އެޗް.ޕީ.އޭ އިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭ އިން މިގޮތަށް އަމަލުކުރުމަށް ނިންމާފައިވާއިރު ކޮވިޑް-19 ގެ އައު ވޭރިއަންޓެއް ރާއްޖެއިން ފެނި ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް އަރައި ގިނަ ވަމުން އަންނަނީ މި އައު ވޭރިއަންޓްގެ ސަބަބުން ކަމަށް ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ.