English Edition
Dhivehi Edition
މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމާ ބެހޭ ގޮތުން ފުވައްމުލައް ކައުންސިލާއި ދިވެހި ބަހުގެ އެކެޑަމީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ފުވައްމުލަކު ސިޓީ ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ އާންމު ބައްދަލުވުން މި މަހުގެ ތެރޭގައި ބާއްވަން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރު އެ ކައުންސިލުން ހިންގާފައިވާ ޙަރަކާތްތަކާއި، މާލީ ރިޕޯޓް އަދި 2019 ވަނަ އަހަރު ކައުންސިލްގެ އޯޑިޓް ރިޕޯޓް ރައްޔިތުންނާ ހިއްސާކުރުމަށްޓަކައި ބާއްވާ އާންމު ބައްދަލުވުން 15 ފެބުރުއަރީ 2021 ވާ ހޯމަ ދުވަހުގެ ހެދުނު 10:00 ގައި ކުރުދުމާމަލަމުގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދަޢުވަތު އަރުވައިފައެވެ.