English Edition
Dhivehi Edition
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 ވެކްސިން ޖައްސަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދައުލަތުގެ ތިން ބާރުގެ އިސްވެރިން އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 “ކޮވިޝީލްޑް” ވެކްސިން ޖައްސަވައިފި އެވެ.

މި ވެކްސިން ރާއްޖޭގައި އެންމެ ފުރަތަމަ ޖެއްސެވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ.

މި ވެކްސިން ދޭން ފަށާފައި ވަނީ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ބޭފުޅުންގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ މުހައްމަދު ދީދީ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް މިއަދު ވެކްސިން ޖައްސަވާނެ އެވެ.

އޭގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރާއި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ވެސް ވެކްސިން ޖައްސަވާނެ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަދު ވެކްސިން ދޭން ވަނީ ފަށައިފަ އެވެ. އެއީ މާލޭގެ އިތުރުން ކުޅުދުއްފުށި އަދި އައްޑޫ އެވެ.